އެޑިޔުކޭޝަނަލް ސައިކޮލަޖީ
އެޑިޔުކޭޝަނަލް
ސައިކޮލަޖީ
އެޑިޔުކޭޝަނަލް
ސައިކޮލަޖީ މި ޢިލްމު ގުޅިފައިވަނީ ނަފްސާނީ ޢިލްމާއި އުނގެނުމާއި
އުނގަންނައިދިނުމުގެ ގޮތްތަކާއެވެ. ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ އެންމެ
އެދެވޭ އުނގަންނައިދެވޭ ގޮތްތަކާއި ތަފާތު ފަރުދުންނަށް މަޢުލޫމާތު ހަޖަމުވާ
ގޮތްތަކާއި އިތުރަށް ކުރިއެރުވިދާނެ ގޮތްތައް ހޯދާ ބެލުމަށެވެ. އެޑިޔުކޭޝަނަލް
ސައިކޮލަޖީގެ ތިޔަރީތައް އެނގުމުގެ އެންމެ ބޮޑު އެއްބޭނުމަކީ ތަފާތު ކުދިން ކްލާސް
ރޫމްތަކުގައި އުޅުމުން އެކުދިންނާއި ވާހަކަދައްކައި މުޢާމަލާތުކުރާނެ ގޮތްތަށް
މުދައްރިސަށް އެނގިގެންދާތީއެވެ. އެގޮތުން ކްލާސްރޫމް ތަކުގައި ތިބޭނީ ތަފާތު
މާހައުލުން އައިސްފައިވާ ކުދިން ކަމުން ބައެއް ކުދިންގެ ކިބައިން އެކަށީގެން ނުވާ
ކަންތައްތައް ފާހަގަކުރެވެއެވެ. މިސާލަކަށް އަޚްލާގީ މައްސަލަތަކާއި ނަފްސާނީ
ގޮތުން ކުދިންނަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ އެކުދިންނަށް ޚާއްޞަ ސަމާލުކަމެއް
ދީގެން ކިޔަވައިދީ ފިލާވަޅުތައް ކުރިއަށް ގެންދަންވީގޮތް އެނގިގެންދެއެވެ.
އެޑިޔުކޭޝަނަލް ސައިކޮލަޖީގެ ޢިލްމުވެރިން މިހާރުވެސް މަސައްކަތްތައް ކުރަމުންދަނީ
ކުދިންގެ ސުލޫކާއި ވިސްނުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށެވެ. އެޑިޔުކޭޝަނަލް
ސައިކޮލަޖީގެ ތިޔަރީތައް ބުނާގޮތުން ކުއްޖާގެ އުޅުމަށް އެންމެ ބޮޑު ބަދަލެއް
އަންނަނީ އެކުއްޖާ ހެދި ބޮޑުވާ މާހައުލުންނެވެ. އެކުއްޖާ ގެންގުޅޭ މާހައުލަކީ
ރަނަގަޅު މާހައުލެއްކަމުގައި ވަނީ ނަމަ އެކުއްޖާގެ ޢަމަލުންވެސް އެކަން
މުދައްރިސަށް ފާހަގަވެގެންދާނެއެވެ. އަދި ހަމައެއާއެކު އެކުއްޖާ އުޅުމުންދަނީ
ރަނގަޅުނޫން މާހައުލެއްގައި ކަމުގައިވިޔަސް އޭގެ ނޭދެވޭ އަސަރު ކްލާސް ރޫމުންވެސް
އެކުއްޖާގެ ކިބައިން ފާހަގަވެގެންދާނެއެވެ. ނަމަވެސް އެޑިޔުކޭޝަނަލް ސައިކޮލަޖީގެ
އެހީގައި މުދައްރިސަށް އެކުއްޖާއަށް އެކަށީގެންވާ އަދަބު ދެވިގެން ސްލޫކު ބަދަލުކުރެވިދާނެއެވެ.
މިސާލަކަށް ހަޑިކޮން އުޅޭ ކުދިންނަށް މިއަދު މަންމަމެން އަންއިރު ސްޓާއެއް
ނުލިބޭނެކަމާއި، އަދި މިއާ ޚިލާފަށް ބަސްހައިގެން ރަނގަޅަށް އުޅޭކުދިންގެ
މަންމަމެނަށް އެކުއްޖާއަށް ލިބިފައިވާ ސްޓާތައް މުދައްރިސް ދައްކާނެކަމަށް
ބުނުމުން ބަސްނޭހި އުޅެވޭ ކުދިންވެސް ރަނގަޅަށް އުޅެން ބޭނުންވާނެއެވެ. މިގޮތައް
ތަފާތު އުކުޅުތަށް އެކުދިންނާ އެކަށީގެންވާ ގޮތަށް ބޭނުންކުރަން އެނގިގެންދަނީ
އެޑިޔުކޭޝަނަލް ސައިކޮލަޖީގެ އެހީގައެވެ.
No comments:
Post a Comment