ޝޯޝަލް ކޮގްނެޓިވް ތިޔަރީ
އުނގެނުމަކީ މާހައުލުން ގެންދެވޭ މަޢުލޫމާތު
ސިކުނޑީގައި ބަދަލުކޮށް އެކަމާއި ގުޅޭގޮތުން އުފައްދާ އަސަރަކުން ސުލޫކު ވަކި
ގޮތަކަށް ބަދަލުވުމެވެ. ( ބަންދޫރާ 1986) މި ތިޔަރީގައި ބަންދޫރާ ފާހަގަކުރާ
މައިގަނޑު ކޮންސެޕްޓަކީ " ރެސިޕްރޯކަލް އިންފުލުއެންސް" ނުވަތަ ގުޅިލާ
މެހިފައިވާ ގުޅުން' މިއެވެ. އެކޮންސެޕްޓު ބަންދޫރާ ތަފްޞީލު ކުރަމުން ފާހަގަކުރާ
ގޮތުގައި މިގުޅުމުގައި މައިގަނޑު 3 ބައެއް ހިމެނެއެވެ. މިއިން ކޮންމެ ބައެއް
އެއްކަމެއް އަނެއް ކަމަކަށް އަސަރު ކުރުވައެވެ.
މާހައުލުން ފެންނަ ކަމެއް އެމީހެއްގެ ވިސްނުމުން
އެކަމެއް ކުރުމަށް ބޭނުންވުމާއި ގަޔާވުމާއި ކުރެވުމުގެ ކުޅަދާނަކަން ހުރުމާއި،
އޭނާގެ ދީނާއި ޢަޤީދާއާ ޤަބޫލުކުރާ ކަންތައްތައް އެކަމާ ތަޢާރުޟު ނުވާނަމަ ކުރާހިތްވުމާއި
މިހުރިހާ ކަމެއްގެ ތެރެއިން އެކަމެއް އޭނާ ކުރުން
އެހެންމީހުންގެ ފުށުން އުގެނުން ( ވިކޭރިއަސް
ލަރނިންގް)
މިއީ އެހެންމީހުންގެ ތަޖުރިބާއިން ދަސްކުރުން/
އުނގެނުމެވެ. ޢާއްމުކޮށް މިގޮތަށް އުނގެނެވެނީ އެހެންމީހުންނަށް ދިމާވާ ކަންކަމުގެ
ނަތީޖާއަށް ބަލައިގެން އޭނާގެ ސުލޫކު ވަކިގޮތަކަށް ބަދަލުކުރުމުންނެވެ. މިގޮތުން
ވިކޭރިއަސްކޮން އުނގެނޭއިރު ބައެއްފަހަރު ވަކިކަހަލަ ކަމަކުން ދުރުވާ ފަދަ ކަމެއް
ދިމާވުން ކިއަނީ ވިކޭރިއަސްކޮން ޕަނިޝްވުމެވެ. އަދި ވަކި ކަމެއް ކުރާހިތްކުރުވުން
ނުވަތަ ކުރުން އިތުރުވާ ގޮތްވާނަމަ ކިޔާނީ ވިކޭރިއަސް ރިއިންފޯސްމަންޓެވެ.
މިސާލަކަށް ޝަހީދާމެން ގްރޫޕްގެ މަސައްކަތް ޝަހީދާ ހުށައެޅިއިރު އިސްމާޢީލް
އިނީ ބަލާށެވެ. ޝަހީދާގެ ހުށައެޅުމަށް މުދައްރިސް ވަރަށް ތަރުހީބުދީ ހެދިއެވެ.
އެހެން ކަމުން އެގޮތަށް އިސްމާޢީލްވެސް ހުށައެޅުމަށް މަސައްކަތް ކުރިއެވެ.(
ވިކޭރިއަސް ރިއިންފޯރސްމަންޓް) ޝަހީމާ ފެންކުލައިން ކުރަހަން އުޅެނިކޮން ކުރަހާ
ފޮތުގެ މައްޗަށް ކައިރީގައި އިން ފެންއަޅާ ތަށި ބަންޑުންވުމުން ޝަހީމާގެ
ކައިރީގައިއިން އަޝްރަފް ފެންއަޅާ ތަށި ކުރަހާފޮތާއި ދުރުކޮށްލާ އަލުން ކުރަހަން
ފެށިއެވެ. ( ވިކޭރިއަސް ޕަނިޝްމަންޓު)
ޝޯޝަލް ކޮގްނެޓިވް ތިއަރީގައި ޓްރާންސްފާރ ކުރެވޭ
ގޮތް
މި ތިޔަރީގައި މަޢުލޫމާތު ތަފާތު ޙާލަތްތަކުގައި ބޭނުން
ކުރުމަށް ދަރިވަރުންނަށް އެހީތެރި ވެދެވިދާނެ ގޮތްތަށް ކަނޑަޅާފައިވަނީ މައިގަނޑު
ގޮތެއްގައި 3 ޕްރިންސިޕަލެއްގެ އަލީގައެވެ.
1
ދަރިވަރު މުހިންމު މަޢުލޫމާތާއި ސުލޫކު ލިބިގަންނަނީ ފެންނަ ތަފާތު ނަމޫނާ
މެދުވެރިކޮށްގެންނާއި އެކަމުގައި ކުރެވޭ ތަޖުރިބާ ތަކުގެ ތެރެއިންނެވެ.
2 ދަރިވަރު އަމިއްލަ ނަފްސާމެދު ޤަބޫލުކުރާ
ކުރުންތައް އެއީ އުނގެނުމަށާއި ސުލޫކަށް މަގުދައްކައިދޭނެ އެއްޗެކެވެ.
3
ދަރިވަރުގެ އުނގެނުމުގައި އަމިއްލަ ދައުރެއް އަދާކުރުމުގެ ފުރިހަމަ
ޤާބިލުކަން ދަރިވަރަށް ލިބިގެންވެއެވެ.

No comments:
Post a Comment