Pages

Friday, May 30, 2014

ކިޔެވުމަށް ފަހި މާހައުލެއް އުފެއްދުން


ކިޔެވުމަށް ފަހި މާހައުލެއްކަމުގައި އެންމެ ފުރަތަމަ ބެލެވޭނެ އެއްކަމަކީ އެ ކްލާހަކީ ސާފް ޠާހިރު ކިލާހެއް ކަމުގައި ވާނަމައެވެ. އެ ގޮތުން ކިޔަވައިދޭ ކްލާހެއް ސާފް ޠާހިރުކޮން ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ދެން ހަމައެއާއެކު އެ ކްލާހަކީ ހޫނުގަދަ ކްލާހާކަށް ވެއްޖެނަމަވެސް އެކުލާހަކީ އުނގެނުމަށް ފަހި މާހައުލެއް ކަމުގައި ނުބެލެވޭނެއެވެ. އެގޮތުން ދަރިވަރުންނަށް ސާފުވައި ލިބުމަކީ ވަރަށް ބޮޑަށްވެސް އެދެވިގެންވާ ކަމެކެވެ. ދެން ހަމަ އެއާއެކު ކްލާސް ތަރުތީބު ކުރެވިފައި ހުންނަ ގޮތްތަކުންވެސް ކުދިން ކިޔަވައިހިތް ޖެހޭތަން ފެނެއެވެ. އެހެން ކަމުން އެ ކުލާހެއްގެ މެނޭޖުކުރުން ރަނގަޅު ކުރުމަކީ ކިޔެވުމަށް ފަސޭހަވެގެންދާނެ ކަމެކެވެ. ދެން ހަމައެއާއެކު ކްލާހެއް ކަމުގައިވާނަމަ ކޮންމެސް ކަހަލަ އުސޫލުތަކާޢި ޤަވާއިދުތަކެއް ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ހަފްތާތަކަށް ބަހައިލައިގެން ކްލާހުގައި ހުންނަ ބައެއް ކަންތައްތައް ދަރިވަރެއްގެ އަތް މައްޗަށްވެސް ދޫކޮށްލެވިދާނެއެވެ. އެއީ މިސާލެއްގެ ގޮތުން ބުނާކަމުގައިވާނަމަ ކްލާހުގެ މުނީޓަރުން ކަނޑައެޅުން މިކަހަލަ ކަންތައްތަކެވެ. ދެން ހަމަ އެއާއެކު އުނގެނުމަށް ފަހި މާހައުލަކަށް ހެދުމަށްޓަކައި މުދައްރިސް ކްލާހުގައި ހިންގާނެ ކަންތައްތައް ދަރިވަރުންނާއެކު މަޝްވަރާ ކުރުމަކީވެސް ވަރަށް މުހިންމު ކަމެއްކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ. އޭރުން ދަރިވަރުންނާއި މުދައްރިސުންނާއި ދެމެދުގައި އޮންނަ ގުޅުންވެސް ރަނގަޅުވެގެންދާނެއެވެ.

No comments:

Post a Comment