Pages

Tuesday, May 20, 2014

ކޮންސްޓަރަކްޓިވިޒަމް



ކޮންސްޓަރަކްޓިވިޒަމް

ކޮންސްޓަރަކްޓިވިޒަމްގެ ޚިޔާލުތައް ބިނާވެފައިވަނީ މަޝްހޫރު ޖޭން ޕިއާޖޭއާއި ވައިގޮޓްސްކީ ތިއަރީގެ މައްޗަށެވެ. މިތިޔަރީގެ ޢިލްމުވެރިން ދެކޭގޮތުގައި މަޢުލޫމާތަކީ ކްލާހުގެ ކުރިމަތީގައި ހުރެ ކޮންމެހެން ކިޔައިދޭންޖެހޭ އެއްޗެއް ނޫނެވެ. ދަރިވަރުން މަޢުލޫމާތު ދެނެގަންނަނީ ކުރިން އެނގިފައިހުރި އެއްޗަކާއި ގުޅުވައިގެން އެއްކޮށްލައިގެންނެވެ. ދަރިވަރުންނަކީ އުނގެނޭ އަދި މަޢުލޫމާތު ބިނާވެސް ކުރާ ފަރާތެވެ. ހަމަ އެހެންމެ، އުނގެނުން ބިނާވަނީ ދަރިވަރުން އުފެދި ބޮޑުވާ މަރުހަލާތަކާއި ގުޅޭގޮތުން ވިސްނޭ ވިސްނުންތަކާއި އަދި ވަށައިގެންވާ މާހައުލުން ބަދަލުކުރެވޭ އިޖުތިމާޢީ ޙަރަކާތްތެރިކަން މެދުވެރިކޮށެވެ.
ކޮންސްޓްރަކްޓިވިޒަމްގައި އުނގެނުން މާނަ ކުރާގޮތް:
 މި ތިޔަރީގެ ޢިލްމުވެރިން ދެކޭގޮތުގައި އުނގެނުމަކީ މީހެއްގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެއްޗެއް ނޫނެވެ. ނަމަވެސް އޭނާ އުޅޭ މާހައުލުންނާއި ވިސްނުމުގެ މަރުހަލާތަކާއި ގުޅޭގޮތުން ކުރިއަރާ ބިނާވަމުންދާ އެއްޗެކެވެ.
ކޮންސްޓްރަކްޓިވިޒަމް ކްލާސްރޫމުގެ ބައެއް ސިފަތައް
މިހާރުގެ ކިޔަވައިދިނުމުގެ ގޮތްތަކުގެ ތެރެއިން މަޝްހޫރުކަން ލިބިގެންވާ އެއްގޮތަކީ ކޮންސްޓްރަކްޓިވިޒަމްގެ އުޞޫލުން ކިޔަވައިދިނުމެވެ. މިއުޞޫލުގެ އަލީގައި ކިޔަވައިދޭއިރު މުދައްރިސުން ސުވާލުކޮށް، ތަފާތު މައްސަލަތަށް ދަރިވަރުންނަށް މެދުވެރިކުރުވާ އެއަށްފަހު އެމައްސަލަތައް ޙައްލުކުރާނެ ތަފާތު އުކުޅުތަކާއި ގޮތްތަކަށް މަގުދަށްކައި އެކުދިން އަމިއްލައަށް މައްސަލަތައް ޙައްލުކޮށް ސުވާލުތަކަށް ޖަވާބު ހޯދުމަށް ފުރުޞަތުތަށް ދިނުން ހިމެނެއެވެ. މިގޮތުން ކްލާސްރޫމެއްގައި  މި ގޮތް ބޭނުންކުރުމުގައި ތަފާތު އުކުޅުތަށް ފާހަގަ  ކުރެވެއެވެ.
1 ދަރިވަރުން އަމިއްލައަށް މަޢުލޫމާތު ހޯދާ، ދޭހަވެ، ދެނެގަނެ، މައްސަލަ ޙައްލުކުރާނެ ތަފާތުގޮތްތަކެއް އުކުޅުތަކެއް ކުރެވޭނެ ކަންތައްތަކެއް ބުނެދިނުން
2 ކުދިންގެ ކިބައިގައިވާ ތަފާތު ތޫނުފިލިކަމުގެ ވައްތަރުތައް މެދުވެރިކޮށް ވާހަކަ ދައްކައި ޚިޔާލު ބަދަލުކުރާނެ ފުރުޞަތު ދިނުން
3 ގިނަ ކުދިން އެކުގައި މަސައްކަތް ކުރުމަށް ހިތްވަރުދީ އެއްކޮށް އުނގެނުމުގެ ފޯރި ޖައްސުމަށް ބާރުއެޅުން

No comments:

Post a Comment