މޯޓިވޭޝަން
މޯޓިވޭޝަން ނުވަތަ ޝައުޤުވެރިކަމަކީ ވަކިކަމެއް
ނުވަތަ ލަނޑުދަނޑިއެއް ހާޞިލް ކުރުމަށްޓަކައި އެދިމާލަށް މީހާ އަމާޒުކުރުވާ
އެކަމަށް ބާރު ފޯރުވާ އެކަން ޙާޞިލް ކުރުމަށް ތަފާތު ކަންތައްތަކެއް ކުރުވާ
ބާރެވެ. އެހެން ގޮތަކަށް ބުނާނަމަ އެއީ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށްޓަކައި
މީހުންގެ ކިބައިން ފެންނަ އެކަމަށް އަމާޒުކުރުވަނިވި ސުލޫކުތަކެވެ. ޝައުޤުވެރިކަން
ފާޅުވާގޮތާއި މީހުންގެ ކިބައިން އެކަން ހާމަވާ ގޮތްތަކާއި ބެހޭގޮތުން ތަފާތު
ތިއަރިސްޓުންގެ ޚިޔާލު ތަފާތެވެ.
ބިހޭވިއަރިސްޓުންގެ ނަޒަރިއްޔާތާއި ޝައުޤުވެރިކަން
ބީ. އެފް
ސްކިނާރގެ ނަޒަރިއްޔާ
ބިހޭވިއަރިސްޓުންގެ ނަޒަރިއްޔާގައި މީހުންގެ ކިބައިން ފެންނަ
ޝައުޤުވެރިކަން ގުޅުވާލެވިފައިވަނީ ތަރުހީބު ދިނުމާއި ހިތްވަރު ދިނުމާއެވެ. މި
ގޮތުން ބީ އެފް ސްކިނާރގެ ނަޒަރިއްޔާގައި ހާމަކޮށްފައިވާ ގޮތުގައި ކުދިންގެ ކިބައިން
ފެންނަ ރަނގަޅު ސުލޫކުތަކަށް ހިތްވަރުދީ ހެދުމުން އެކަން ތަކުރާރު ކުރުމުގެ
ޝައުޤުވެރިކަން އެކުދިންގެ ހިތުގަ އުފެދޭނެއެވެ. އަދި ހަމަ އެފަދައިން އެކުދިންގެ
ޢަމަލުތަކަށް ތަރުހީބުދީ ހިތްވަރުދިން ކަންކަން ދެވަނަ ފަހަރަށް ތަކުރާރުކުރުމަށް
ބާރު އަޅާނެއެވެ. މި ނަޒަރިއްޔާގައި ފާހަގަކޮށްފައިވާ " އޮޕަރަންޓް
ކޮންޑިޝަނިން" ނުވަތަ ސުލޫކު ވަކިގޮތަކަށް ބަދަލުކުރުމަށް ބާރު އެޅުން
ގުޅިފައިވަނީ އިސްވެދިޔަ ފަދަ ތަފާތު ހިތްހަމަޖެހޭ ކަންކަމާއި ގުޅިގެން
ކުރެވިފައިވާ ތަޖުރިބާތަކާއި އަދި ހިތްހަމަނުޖެހޭ ކަންކަމާއި ގުޅިގެން
ކުރެވިފައިވާ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށެވެ. މިކަން ސްކިނާރގެ
ނަޒަރިއްޔާގައި ހާމަކޮށްފައިވަނީ ދަރިވަރަކު އަމިއްލައަށް ވަކި މާއްދާއަކާއި
ގަޔާވުމާއި ނުވަތަ ގުޅިފައިވަނީ މިފަދަ ތަޖުރިބާތަކާއި ކަމުގައެވެ. މިސާލު
ހިސާބުގެ ކްލާހަކަށް އެއްބަޔަކު ވަރަށް ގަޔާވެގެން ވަންނައިރު އަނެއްބަޔަކަށް އެއީ
ޖަލަކަށް ދިއުންފަދަ ކަމެކޭ ހީވުމަކީ އެކަށީގެންވާ ކަމެކެވެ. ސްކިނާރ ހާމަކުރާ
ގޮތުގަިއ މިފަދަ އިޙްސާސްތައް ގުޅިފައިވަނީ ކުރިން ކުރެވިފައިވާ ތަޖުރިބާ ތަކުގެ
މައްޗަށެވެ. ހިސާބު ކުލާހާ ގަޔާވާ ދަރިވަރުގެ ސުލޫކު ގުޅިފައިވާނީ ކުރިން ކުރެވިފައިވާ
ހިތްހަމަޖެހޭ އެތައް ގިނަ އިޙްސާސްތަކާއެވެ. ހަމަ މި ބީދައިން އެކުލާހުގައި
ގަޔާނުވާ ދަރިވަރުގެ ސުލޫކާއި އިހްސާސްތައްވެސް ގުޅިފައިވާ ކުރިން ކުރެވިފައިވާ
އުނދަގޫ ހިތްހަމަނުޖެހޭ ތަޖުރިބާތަކާއެވެ.
މީގެ
އިތުރުން ތަރުހީބު ދިނުމުގެ ގޮތުން ތަފާތު އިނާމުތައް ދީގެން ދަރިވަރުންގެ
ޝައުޤުވެރިކން ކުލާސްރޫމްގައާއި އަދި ކިޔެވުމުގެ ތަފާތު މައިދާނުތަކުގައި އިތުރު
ކުރެވިދާނެކަމަށް މިތިޔަރީ ހެކި ދެއެވެ. މިގޮތުން އިނާމު ދިނުމުގައި
ވިސްނާލަންޖެހޭ ކަންތަައްތަކެް ފާހަގަކޮށްލާނަމެވ.
1
އިނާމު ދޭން ޖެހޭނީ އަމިއްލައަށް ކުދިން ޝައުޤުވެރިނުވާ ގަޔާނުވާ
ކަންކަމަށެވެ.
2
އިނާމު ކަނޑައެޅި ކަންތައް
ފުރިހަމަކުރާ މިންވަރަށް ބަލާފައި ދިނުން މާނައަކީ ހަމައެކަނި ބައިވެރިވީތީވެ
އިނާމުދިނުން ރަނގަޅެއް ނޫނެވެ.
3
އިނާމު ދިނުމަކީ ދަރިވަރުންނާއި ގުޅުން ރަނަގަޅު ކުރުމަށާއި ކުރާ
މަސައްކަތްތައް ފުރިހަމަކުރުމަށް ބާރުއަޅައިދޭ ފަދަ ގޮތަކަށް ދެވޭ އެއްޗަކަށްވުން
No comments:
Post a Comment