ބިހޭވިއަރަލް ލާރނިން ތިއަރީ
ބިހޭވިއަރިސްޓުން ނުވަތަ ސުލޫކީ ޢިލްމުވެރިންގެ
ނަޒަރިއްޔާތުގައި ހާމަކުރާގޮތުގައި ދަރިވަރުންނަށް އުނގަންނައި ދިިނުމުގައި
މިތިޔަރީގެ މުހިންމުކަން ވަރަށް ބޮޑެވެ. ބިހޭވިއަރަލް ލާރނިން ތިއަރީ މާނަކުރާ ގޮތުގައި އުނގެނުމަކީ
މާހައުލުން އުނގެނޭ ފަރާތަށް ކުރުވާ އަސަރެއްގެ ނަތީޖާގެ ސަބަބުން ބޭރުފުށުން
ހާމަވެ ފާޅުވާ ދާއިމީ ބަދަލެކެވެ. މިހެންކަމުން މި ތިޔަރީގައި ފާހގަކުރެވޭ
ގޮތުގައި އިންސާނުންގެ ސުލޫކު ނުވަތަ ބިހޭވިއަރ ގުޅިފައިވަނީ އޭނާގެ މާހައުލުގައި
ކުރާ ތަޖުރިބާތަކާއި ޙިއްސާކުރާ ޙިއްސާކުރުންތަކާއެވެ. ހަމަ މިފަދައިން
ބިހޭވިއަރިސްޓުން ( ބިހޭވިއަރަލް ތިޔަރީގެ ސަޕޯޓަރުން ) ހާމަކުރާ ގޮތުގައި
އުނގެނުމަކީ އެތެރެ ހަށީގައި ހިނގާ ކަމެއްނަމަވެސް އެކަން ހިނގައިފިކަން
އަންގައިދެނީ އެފަރާތުން ފާޅުވާ ބޭރުފުށުގެ ޢަމަލަކުން ނުވަތަ ސުލޫކަކުންނެވެ.
ތިޔަރީގެ މައިގަނޑު
ކޮންސެޕްޓު
ބިހޭވިއަރިސްޓު
ލާރނިން ތިޔަރީގެ ޢިލްމުވެރިން ޤަބޫލުކުރާ ގޮތުގައި އެމީހަކަށް ޢިލްމެއް
ލިބިފައިވާ ކަމަށް ޤަބޫލުކުރެވޭނީ އޭނަގެ ޢަމަލުން އެކަން ފެނިގެން ކަމަށެވެ. އެއީ
މިސާލަކަށް ނަމާދުގެ ފިލާވަޅެއް އެމީހަކަށް ފަހުމްވެފައިވާނަމަ އޭނަގެ ޢަމަލުން
ނަމާދު ކުރާތަން ފެންނަން ޖެހޭނެއެވެ.
މި ތިޔަރީގައި
މައިގަނޑު ކޮންސެޕްޓު ގުޅިފައިވަނީ ތަފާތު ތިން ލަފުޒަކާއެވެ. އެއީ ސްޓިމިލައި،
ބިހޭވިއަރ، ރެސްޕޯންސް މި ތިން ލަފްޒެވެ. އިސްވެދިޔަ ކޮންމެ ލަފްޒެއް މިސާލާއެކު
ދޭހަކުރާނަމަ ބުނެވޭނީ އެއީ އުނގެނޭ ފަރާތުގެ ( ބިހޭވިއަރއަށް) އޭނާ އުޅޭ
މާހައުލުން ކުރެވޭ އަސަރެއް ނުވަތަ ބާރުފޯރުވާ ކަމެއް ( ސްޓިމިލައި) އަދި އެކަމުގެ
ސަބަބުން ސުލޫކަށް ނުވަތަ ވިސްނުމަށް އަދި ބިހޭވިއަރއަށް ކުރުވާ އަސަރާއެކު ފާޅުވެ
ހާމަވާ ކަމެކެވެ. ( ރެސްޕޯންސް) މިސާލަކަށް މީހަކު ނަމުން ގޮވާލުމުން އެނަމަކީ
އެފަރާތުގެ ނަަންނަމަ ވަގުތުން އެނބުރިލާ އެއަށް އިޖާބަދޭ ދިނުން އެއީ އޭނާއަށް
މާހައުލުން ކުރެވި އަސަރެއް ނުވަތަ ހިނގި ކަމެއްގެ ސަބަބުންް އޭނާގެ ފަރާތުން ހާމަވި
ސުލޫކެއް ކަމަށް ބެލިދާނެއެވެ. މިހެން ކަމުން މިތިޔަރީގެ އަލީގައި އުނގެނުން ކަމަށް ބެލެނީ އެއްފަހަރާ ސްޓިމިއުލައި އަކާއެކު ބޭރުފުށުން
ހާމަވާ ރެސްޕޯންސް ނުވަތަ ކަމެއް އުނގެނޭފަރާތުން ހާމަވުމުންނެވެ.
No comments:
Post a Comment