Pages

Tuesday, May 20, 2014

ކޮގްނެޓިވް ލާރނިން ތިޔަރީ




ކޮގްނެޓިވް ލާރނިން ތިޔަރީ

މިތިޔަރީގައި އުނގެނުން މާނަ ކުރާގޮތުގައި  އުނގެނޭ ފަރާތަށް މާހައުލުން ލިބިދޭ މަޢުލޫމާތެއް ދަސްވެ ދެނެގަތުމުގައި ޙަރަކާތްތެރި ރޯލެއް އަދާކުރެއެވެ. މި ގޮތުން އުނގެނުން ބިނާވަނީ ކުރިން އެނގިފައިވާ އެއްޗެއްގެ މައްޗަށް އަލަށް ދެނެގަނެވޭ އެއްޗެއް ގުޅުވައިލެވިގެންނެވެ. މިގުޅުވާލެވޭ ގުޅުވާލުން އޭނާގެ ވިސްނުމަށާއި ސުލޫކަށްވެސް ބަދަލުތަށް ގެނެއެވެ. މި ތިޔަރީގައި ޚާއްޞަކޮށް ފާހަގަކުރާ ގޮތުގައި އުނގެނުން މާނަ ކުރެވެނީ މާޙައުލުން މަޢުލޫމާތު ގެންގޮސް ސިކުނޑީގައި ޖަމާކުރުމަށެވެ. މި ތިޔަރީގައި މައިގަނޑު މޮޑެލަކީ  އިންފޮމޭޝަން ޕްރޮސެސިން ތިއަރީ ( އައި ޕީ ޓީ ) ނުވަތަ އިންފޮމޭޝަން ޕްރޮސެސިން  މޮޑެލް ( އައި ޕީ އެމް) އެވެ.
         މަޢުލޫމާތު ސިކުނޑީގައި ރައްކާކުރެވޭގޮތް އަޅާކިޔެނީ ކޮމްޕިއުޓަރގައި މަޢުލޫމާތު ރައްކާކޮށް ބޭނުންކުރެވޭ ގޮތާޢި ކައިރި ގޮތެއްގެ ގޮތުގައެވެ. މި ވިސްނުމުގައި މާޙައުލުން މަޢުލޫމާތު ވަންނަ ތިންޖާގައެއް ( މެމޮރީ) އިންފޮމޭޝަން ޕްރޮސެސިން މޮޑެލްގައި ސިފަކުރެވިފައި ވެއެވެ. އެއީ:
1.     މަޢުލޫމާތު އަލަށް ރަޖިސްޓަރ ކުރެވޭ ތަނާއި ( ސެންސަރީ ރެޖިސްޓަރ)
2.     މަަޢުލޫމާތު ބޭނުންކުރެވޭ ތަނާއި ( ވާރކިން މެމޮރީ)،
3.     މަޢުލޫމާތު ދިގުމުއްދަތައް ރައްކާކުރެވޭ ތަނެވެ. ( ލޯންގްޓާރމް މެމޮރީ)
 މިމޮިޑެލްގައި ހާމަކުރާ ގޮތުގައި އެއްޖާގައިން އަަނެއްޖާގައަށް މަޢުލޫމާތު ބަދަލް ކުރެވެނީ ވަކި ޚާއްޞަ ގޮތްތަކެއް މެދުވެރިވެގެންނެވެ. މިގޮތުން އަންނަނިވި ގޮތްތައް ފާހަގަކުރެވެއެވެ.
1.     ސަމާލުކަން ދީގެން ( އެޓެންޝަން)
2.     އަމިއްލަ ވިސްނުމުން އެނގިފައިވާ ކަމަކާއި ގުޅުވައިގެން ( ޕާރސެޕްޝަން)
3.     ކިޔައި ތަކުރާރުކޮށް މުރާޖަޢާކޮށްގެން ( ރިހާސަލް)
4.     ތަފާތު ނަންނަން ދީގެން ކަންކަމާއި ގުޅުވައިގެން ( އެންކޯޑިން)
5.     ހަނދާނަށް ގެނެސްގެން  ( ރިޓީރީވަލް)

ކޮގްނެޓިވް ލާރނިން ތިއަރީގެ ޕްރިންސިޕަލްތައް
1.     އުނގެނުން މާނަހުރި އެއްޗަކަށްވަނީ ކުރިން އެނގިފައިވާ އެއްޗަކާއި އަލަށް އެނގޭ އެއްެޗެހި ގުޅުވާލެވުމުންނެވެ.
2.     ފައިދާ ހުރި އުނގަންނައި ދެވުމަކަށްވަނީ ދަރިވަރުންގެ ސިކުނޑީގެ ތަފާތު މަސައްކަތްތައް ރިޢާޔަތްކޮށް ކިޔަވައިދެވިގެންނެވެ. މިގޮތުން ފާހަގަކޮށްލެވެނީ:
        ސިލެކްޓިވް ޕާރސެޕްޝަން ( ޚާއްޞަކޮށްލެވި ގުޅުވާލެވޭ ފާހަގަކޮށްލެވުން)
        އިލަބަރޭޝަން އާއި އޮގަނައިޒޭޝަން ( މަޢުލޫމާތު ދޭހަކޮށް ތަރުތީބުކޮށް ރޭވުން)
        ކޮމްޕައިލޭޝަން ( މަޢުލޫމާތު ބޭނުންކުރާނެ ތަފާތު ގޮތްގޮތް ޕްްރޮސީޖަރަލް މެމޮރީގައި ހަރުލެއްވުން
3.      ކިޔަވައިދޭއިރު ވާރކިން މެމޮރީއަށް މަޢުލޫމާތު ހަޖަމުވާ މިންވަރު ރިޢާޔަތް ކޮށްގެން ކިޔަވައިދިނުން
4.     އުނގެނުމަކީ ހަރަކާތްތެރި ވަކި ކަމަކަށް އަމާޒުކޮށްގެން ކުރެވޭ ކަމަކަށް ހެދުން
                                                    

No comments:

Post a Comment